ދެ ހަފްތާގެ މުއްދަތަށް މާލޭ ސިޓީގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 8 ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމަށް ގްރޭޑް 1 އިން 6 ކިވައިދެމުން އައީ އޮންލައިންކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީ މިރޭ ވިދާޅުވީ އެގޮތަށް ނިންމެވީ ކޮވިޑް-19 މާލޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އެގޮތަށް ނިންމެވީ އެޗްޕީއޭގެ އެދުމުގެ މަތިން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކުރުމަށްފަހު، ހާއްސަ ފިޔަވަޅުތަކާއެކު ސްކޫލްތައް ހުޅުވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.