އިންސާނުންގެ ތެރޭގައި އުޅެނީ ދެވައްތަރެއްގެ އިންސާނުންނެވެ. އެއްބަޔަކީ ﷲގެ މަގުގައި ދިރިއުޅޭ މީހުންނެވެ. އަނެއް ބަޔަކީ ﷲ ނޫން އެހެން ފަރާތެއްގެ މަގުގައި ދިރިއުޅޭ މީހުންނެވެ. ފުރަތަމަ ބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ތަވްޙީދުގެ މައްޗަށެވެ. ދެވަނަބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ޝިރްކުގެ މައްޗަށެވެ. ފުރަތަމަ ބައިގައި ހިމެނޭ އިންސާނުންނަކީ މުވައްޙިދުންނެވެ. ދެވަނަބައިގައި ހިމެނޭ އިންސާނުންގެ ނަމަކީ މުޝްރިކުންނެވެ.
މިތަފާތު އުފެދެނީ އާދަމުގެދަރިޔާ އޭނާގެ ދިރިއުޅުމުގައި އެންމެ ބޮޑު އަހަންމިއްޔަތެއްދޭ އެއްޗެއްގެ ނުވަތަ ފަރާތެއްގެ ސަބަބުންނެވެ. މީހަކަށް އެންމެ ބޮޑަށް އަސަރު ކުރަނީ ކާކުގެ ނުވަތަ ކޮން ފަރާތެއްގެ މަތިވެރިކަމުގެ ސަބަބުންތޯއެވެ. ތިމާގެ ޙަޔާތުގެ އެންމެ މުހިއްމު އެއްޗެއް ކަމަށް މީހަކު ބަލަނީ ކޮން އެއްޗެއްތޯއެވެ. މި ނަފްސިއްޔާޓީ ޙާލަތަށް ދީނީ އިޞްޠިލާޙުގައި ކިޔާނަމަކީ ޢަޤީދާއެވެ. އެއް އިންސާނަކާއި، އަނެއް އިންސާނަކާ ތަފާތުކުރަނީ މި ޢަޤީދާގެ ތަފާތުގެ ސަބަބުންނެވެ. އެއްވައްތަރެއްގެ ޢަޤީދާއެއްގައި ތިބޭ މީހުން ﷲ އަށް އަޅުކަން ކުރެއެވެ. އަނެއް ވައްތަރެއްގެ ޢަޤީދާގައި ތިބޭ މީހުން އަޅުކަން ކުރަނީ ﷲ ފިޔަވައި އެހެން އެއްޗިއްސާއި ފަރާތްފަރާތަށެވެ.
ﷲ ގެ ޢަޤީދާގެ މަތީގައި ދިރިއުޅޭ އިންސާނުން އަބަދުވެސް ދިރިއުޅޭނީ ﷲ ގެ ބާރުވަންތަކަން ގަބޫލުކުރާ މީހެއްގެ ގޮތުގައެވެ. އޭނާގެ ލޯތްބާއި، އޭނާގެ ވިސްނުން ހުންނާނީ ﷲ އާ ގުޅިފައެވެ. އޭނާގެ ހަނދާނުގައި ހުންނާނީ ﷲ ގެ ވުޖޫދެވެ. އޭނާ ބަލާނީ ﷲ ގެ ލޮލުންނެވެ. އޭނާ އަޑުއަހާނީ ﷲ ގެ ކަންފަތުންނެވެ. އޭނާ ވިސްނާނީ ﷲ ގެ ސިކުނޑިންނެވެ. އޭނާގެ ހުރިހައި ވާހަކައެއްގަޔާއި، ޢަމަލެއްގައި ހުންނާނީ ﷲ ގެ ކުލަ ޖެހިފައެވެ. އޭނާ ދޫކޮށްލާ ކޮންމެ ކަމެއް ދޫކޮށްލާނީ ﷲ އަށްޓަކައެވެ. އޭނާ އިޚްތިޔާރުކުރާ ކޮންމެ ކަމެއް އިޚްތިޔާރު ކުރާނީ ﷲ އަށްޓަކައެވެ. އޭނާ ވެގެން ދާނީ ހުރިހައި ސިފައެއްގައިމެ، ﷲ ގެ “ދުނިޔެއެއްގައި” ދިރިއުޅޭ އިންސާނަކަށެވެ.
ޝިރްކްގެ ޢަޤީދާގައި ދިރިއުޅޭ މީހެއްގެ ދިރިއުޅުން ހުންނާނީ މިޔާ ދިމާ އިދިކޮޅަށެވެ. އޭނާގެ ސިކުނޑީގައި މަތިވެރި ދަރަޖައެއް ދެވިފައި ހުންނަނީ އެހެން އެއްޗިއްސަށެވެ. މީގެ ތެރޭގައި އިރުހަނދާއި، އެކި ކަހަލަ ރޫޙާއި، ޤައުމުގެ ބޮޑެތި މީސްމީހުންނާއި، ބާރުގަދަ މީސްމީހުންނާއި، އަމިއްލަ ނަފްސާއި، އަނބިދަރިން ހިމެނެއެވެ. މިދެންނެވިފަދަ އިންސާނެއްގެ ވިސްނުން އަބަދުވެސް އެނބުރިއެނބުރި ހުންނާނީ ﷲ ނޫން އެހެން ތަކެއްޗާއި، ފަރާތްފަރާތުގެ ވަށައިގެންނެވެ. އޭނާގެ ހިތަށް ވެރިވެފައި ހުންނާނީ އެފަދަ ފަރާތްތަކުގެ ހަނދާނެވެ. އޭނާގެ ބާރާއި ޢަޒުމް ބުރުޖަހާނީ އެ ފަރާތްތަކުގެ ވަށައިގެންނެވެ. އޭނާގެ ހިތާމައާއި، އުފާތައް ގުޅިފައިވަނީ އެފަރާތްތަކާއެވެ. އޭނާގެ ދިރިއުޅުމުގެ މިޞްރާބު ކަނޑައަޅާނީ މިފަދަ ކަންތައްތަކުންނެވެ.