ބަނގްލަދޭޝްގެ ގާޒީޕޫރުގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ބައިވެރިވި ޗައިނާގެ ދެ ރައްޔިތެއް ކަމަށްވާ ވަންގް ޒާއޯ ޔަންގް (28) އާއި ވަންގް ޒާއޮފެންގް (45) ހައްޔަރުކޮށްފި އެވެ. ޗައިނާއަށް ފިލައިގެންދާން އުޅުމުގެ ތެރޭގައި ޑާކާގެ ހަޒްރަތު ޝަހުޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގައި އެމީހުން ވަނީ ހިފަހައްޓާފައެވެ. ގާޒީޕޫރު މެޓްރޮޕޮލިޓަން ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެމީހުން ޖަލު ބަންދަށް އަމުރުކޮށްފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެ ދެ މީހުންނާއި އިތުރު ބައިވެރިއެއް ކަމަށްވާ ޔަންގް ޖިންގް (41) ޒާއޯ ޔަންގް އާއި ކައިވެނި ކުރުމަށް ފަހު އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރުމުންނެވެ. އެ އަންހެން މީހާ މައްސަލަ ހުށަހެޅީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ. އެމީހުން ތިބީ ހައްޔަރު ކުރެވެންދެން ފިލާފައެވެ.