ޗައިނާގެ ދެކުނުގައި ސްޓޭޑިއަމެއްގެ ދޮރު ވައްޓާލައި ކާރެއް ވައްދައިގެން ފަންސަތިރީމް މީހުން މަރާލައި ފަންސަޔާޅިސް މީހުން ޒަޚަމް ކޮށްލައިފިއެވެ.
މިސްމީޑިއާގައި މި ހާދިސާގެ ވީޑިއޯ އާންމުވުމުން ޗައިނާގެ ސެންސަރު ކުރާ އިދާރާއިން ވަނީ ވީޑިއޯތައް ޑިލީޓް ކޮށްލާފައެވެ.
ފުލުހުން ވަނީ އުޅަނދު ދުއްވި މީހާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ކާރުތެރޭގައި އަމިއްލައަށް މަރުވާން އުޅެނިކޮށެވެ. މިވަގުތު އޭނާ ކޯމާއެއްގައި އޮތުމުން ތަހުގީގު ހިންގޭ ވަރު ނުވާކަމަށް ފުލުހުން ބުނެއެވެ.
ޒުހާއީގައި މިމީހާ މީހުންނާ އުޅަނދު މުޑިއަރުވާލީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.