ށ. މިލަންދޫގައި ފުރަތަމަ އެހީގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިލަންދޫ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލު ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ށ. އަތޮޅު ހޮސްޕިޓަލުގެ އެހީތެރިކަމާއެކުގައެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ފުރަތަމަ އެހީ ބޭނުންވެފައިވާ މީހަކަށް ފަރުވާދިނުމުގައި ބަލަންވީ މުހިންމު ކަންތައްތައް ބުނެދީ އަދި އެކަންކަން ކުރާނެގޮތް އަމަލީގޮތުން ފަރިތަކުރުވާފައިވެއެވެ. އެގޮތުން ބަލި ހާލަތުގެ ގޮތުން ރިކަވަރީ ޕޮޒިޝަނަށް ގެންނާނެގޮތާއި ސީޕީއާރު ދިނުމުގައި އަމަލުކުރާނެގޮތުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.