އިންޓަރނޭޝަނަލް ކްމިނަލް ކޯޓަށް ހެއްކާއެކު ޒަޔަނިސްޓު ޒަހޫދުންގެ ދައުލަތާއި ލީޑަރުންނާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާއަކީ، ސާބިތު ހިފޭ ދައުވާއެއް ކަމުން ބަނީއިސްރާއީރު ގެރިއަށް ހެދިގޮތް ހެދުމަށް އިޒްރޭލުން މަސައްކަތް ފަށައިފިއެވެ.

މިއަދު އިޒްރޭލުން ވަނީ ފަނޑިޔާރުންގެ ބެންޗުން ތަނާޒުލްވި ފަނޑިޔާރެއްގެ ބަދަލުގައި އައްޔަން ކޮށްފައިވާ ފަނޑިޔާރަށް އިއުތިރާޒް ކޮށްފައެވެ. އަލަށް އައްޔަން ކޮށްފައިވާ ފަނޑިޔާރަކީ ކުރިން ޕްރޮސެކިއުޓަރ އޮފީހުގައި އުޅުއްވި ސްލޮވީނިއާގެ ވަކީލެކެވެ. ޔަހޫދުން ބުނަނީ މި ފަނޑިޔާރު ކުރިން ޕްރޮސެކިއުޓަރަކަށް ހުންނެވި އިރު އޭނާއަށް މި ދައުވާއާ ގުޅޭ ސިއްރު އެތައް މައުލޫމާތެއް ލިބިވަޑައިގެންފައި ވާނެ ކަމަށާއި އެހެންވެ އޭނާއަކީ އިންސާފު ވެރި ނިޔާއެއް ދެއްވޭނެ ފަނޑިޔާރަކަށް ނުވާނެ ކަމަށެވެ.

ކުރިންވެސް ފަނޑިޔާރުން ވަނީ އިޒްރޭލުން ބްލެކްމެއިލް ކުރުމުން މި މައްސަލައިން ތަނާޒުލް ވެފައެވެ. ނަޔަންތާހޫ ހައްޔަރު ކުރަން އަމުރު ނުނެރެވިގެން އުޅެނީވެސް ބްލެކްމެއިލް ކުރުމުގެ މައްސަލަތަކާ ހެދިއެވެ.

ދެކުނު އެފްރިކާއިން ވަނީ އިޒްރޭލާ ދެކޮޅަށް ބޮޑު ޕިކަޕެއް ފުރެންދެން އެއްކޮށްފައިވާ ހެކިތަކެއް ކޯޓާ ހަވާލުކޮށްފައެވެ.

ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާގެ މައްސަލަލަތުގައި އިޒްރޭލުގެ ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރުގެ ބޯ ނުހިކޭ ވަރަށް މައްސަލަތައް ކޯޓުގައި ފުނިޖެހިފައި ވެއެވެ. މީގެ އިތުރުން ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލު ކޯޓުތަކުގައިވެސް އެވަރަށް މައްސަލަތައް އެބަ ހުއްޓެވެ. އަދި އިތުރު 4 މައްސަލައެއް، ތަހުގީގު މަރުހަލާގައިވެސް އެބަ އުޅެއެވެ. ނަތަންޔާހޫގެ ނަފްސާނީ ހާލަތު ނުތަނަވަސްކޮށް ބޮލުރިހުން އިތުރު ކުރުމަށް އޭނާއަށް ދިގު އުމުރަކަށް އެދުމަކީ އޭނާގެ މުސީބާތް އިތުރު ކުރުމަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތެވެ. އޭނާގެ ޒައާމަތުގައި އިޒްރޭލު މިސްރާބު ޖަހާފައިވަނީ ރޫޅުމަކާ ދިމާއަށެވެ.