ބާލީގައި އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން އިންޑިއާގެ އިންޑިގޯއާއި އެއާ އިންޑިއާއިން ބާލީއަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.
މައުންޓް ލެވޮޓޯބީ ލާކީ ލާކީ ގޮވާފައި ވަނީ މިއަދުއެވެ. މި ފަރުބަދަ ގޮވުމުން މަތީގައި ދުން ބޯ ވިލާތައް ހެދިފައި ވެއެވެ.
މި ވިލާތަކުގެ ސަބަބުން ފްލައިޓް އޮޕަރޭޝަންތަކަށް ނުރައްކާވެދާނެ ކަމަށާއި އޭގެ ސަބަބުން ގިނަ އެއާލައިންތަކަކުންވެސް ވަނީ ބާލީއަށް ކުރާ ދަތުރުތައް ކެންސަލް ކޮށްފައި ވެއެވެ.