އެމެރިކާއަށް ފޯރުކޮށްދޭ ޚާއްސަ މެސެޖެއްކަމުގައި ބައިނަލްއަގްވާމީ ފަރާތްތަކުން މާނަކޮށްފައިވާ ސައޫދީ އަރަބިއްޔާގައި އޮތް އިސްލާމީ ގައުމުތަކުގެ ވެރިންގެ ސަމިޓްގައި އަރަބިންގެ ވާހަކަ ގިނަކަމަށް ސޫރިޔާގެ ރައީސް ޝަކުވާ ކުރައްވައިފިއެވެ.
ކުށެއް، ފަށުއި ޢިބާރާތުން، ޢަރަބިން، ދެއްވި ތަޤްރީރުގައި ބައްޝާރު ވަނީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވުން ކުށްވެރިކޮށް ވާހަކަ ދެއްކުން ނޫން ކަމެއް އަރަބިން ނުކުރާ ކަމަށް ވިދާޅުވެފައެވެ. ބޮޑު ބަސްބުނުމާއި މޮޅު ވާހަކަތަކުން ހާސިލު ކުރެވޭނެ ނަތީޖާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކަމަކީ ވާހަކަ ދެއްކުން. އެމީހުން ގެން ދަނީ މީހުން މަރަމުން. ސުލްހައިގެ ވާހަކަ ދައްކަނީ އަޅުގަނޑުމެން، ގަތުލުއާންމު ހިންގަނީ އެމީހުން،" ސަމިޓުގައި އަސަދު ވިދާޅުވި އެވެ.
އޭނާ ސާފު ބަހުން ވިދާޅުވީ، ޣައްޒާ އާއި ލުބުނާނުގައި އިޒްރޭލުގެ ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ގައުމުތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އަސަދު އެހެން ވިދާޅުވިއިރު، ޣައްޒާގައި ކުޑަ ކުދިންނާއި އަންހެނުން ޝަހީދުކޮށް ,މީހުންގެ ބޯމައްޗަށް ގެތައް ވައްޓާލައި, އަދި ދިގު ދެމިގެންދާ ހިސާރަކުރުމަކުން ހިސާރަކޮށް، ފަލަސްޠީނު މީހުން ބަނޑަށް ޖައްސާފައިވާއިރު "ބަނޑުފުރައި މުއްތިކޮށްގެން ތިބި" އަރަބިންނަށް އިނގިއްޔެއްވެސް ހިއްލައެއް ނުލެވުނެވެ.
މިހިނދު މިވެރިންނަކީ ހުސްފަޔާ މުންޑުއަނދެގެން ހަނގުރާމަ ކުރާ ޔަމަނު މީހުންނަށް ބޮންއަޅަން ބޯޓުތައް ފޮނުވި، ޔަމަނާ ދެކޮޅަށް "ޖިހާދު" އިއުލާންކޮށް ގައުމުތަކުން "އިސްލާމީ ލަޝްކަރެއް" އެއްކޮށްގެން ހަނގުރާމައަށް ދިޔަ މީހުންނެވެ.
އިޒްރޭލާ ޖެހުމުން، ފޮތުން ހޯދަ ހޯދާވެސް ޖިހާދުގެ ބާބެއް ނުފެނުނެވެ!
"وَاللَّهِ فِي مَخْلُوقَاتِهِ شُؤُونٌ"