ވައިޓްހައުސްގައި ބާއްވާފައިވާ ނޫސްކޮންފަރެންސެއްގައި ރައީސް ޖޯ ބައިޑަންގެ އިގްތިސާދީ ޕްލޭންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ހުރި އަންހެން މީހާއަށް މީހުންގެ ނަޒަރު ހުއްޓުނީ އޭނާގެ މަޢްޞޫއަށް ފަރިތަކަމާއި އަޅައިގެން ހުރި ބުރުގާއަށެވެ.

އެއީ ސަމީރާ ފާޟިލީއެވެ. ގާނޫނީ ދާއިރާއިން ތަޖުރިބާކާރެކެވެ. އަދި ސޯޝަލް ޑިވެލޮޕމެންޓާ ބެހޭ މާހިރެކެވެ. އޭނާ އަކީ ބައިޑެންގެ ވައިޓްހައުސްގައި އިގްތިސާދީ މަޖިލީހުގެ ނާއިބް ރައީސެވެ. ކުރިން އެޓްލާންޓާގެ ފެޑެރަލް ރިޒަރވް ބެންކްގެ ވެރިއެކެވެ.

އޭނާގެ މަންމައާއި ބައްޕަ، މުހައްމަދު ޔޫސުފް ފާޟިލީއާއި ރަފީގާ ފާޟިލީ އަކީ ކަޝްމީރުން ހިޖުރަ ކުރި ދެ ޑޮކްޓަރުންނެވެ.

ހަރވަރޑް ޔުނިވަރސިޓީއާއި ޔޭލް އިން ތަޢްލީމް ޙާސިލުކުރި، ސަމީރާ ވަނީ ކުރިން އޮބާމާގެ ވެރިކަމުގައިވެސް ވައިޓްހައުސް އިގްތިސާދީ ދާއިރާއިން މަސައްކަތްކޮށްފައެވެ. ސަމީރާ އުފަންވީ ނިއުޔޯރކްގައެވެ. އޭނާގެ އެއްބަނޑުއެއްބަފާ އެހެން ދެ ކުދިން ތިބެއެވެ.