ޒަޔަނިސްޓު އިޒރޭލުން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ޓެރަރިސްޓް ހަމަލަތަކެއް ދީފިއެވެ. ޒަޔަނިސްޓުން މި ހަމަލަ ދީފައި ވަނީ އީރާނުގެ އިމާމް ޢާލީ ޚާމަނާއީގެ ޚާއްސަ މަންދޫބެއް ޒިޔާރަތް ކުރައްވަމުން ގެންދަވާ ދަނޑި ވަޅެއްގައެވެ.
ޒަޔަނިސްޓުންގެ ޓެރަރިސްޓް ފޯސްއިން ދިމިޝްޤަށް ދިން ޙަމަލާގައި 3 މީހަކު ޝަހީދުވެ އިމާރާތްތަކަށް ގެއްލުންވި ކަމަށް ސަންޢާ ނޫސްއެޖެންސީން ބުނެއެވެ.
އިޒްރޭލުގެ ޓެރަރިސްޓް ބޮޑު ވަޒީރު ނަތަންޔާހޫގެ ގާނޫނީ މައްސަލަތައް އެތެރޭގެ ކޯޓުތަކާއި ބައިނަލްއަގްވާމީ ކޯޓުގައި ހުރުމުން އޭނާ މަސައްކަތް ކުރަމުން ދަނީ އެމައްސަލަތައް ފަހަތަށް ޖައްސާލުމަށް މީހުން ހަނގުރާމައިގައި މަޝްޣޫލުކޮށްލާށެވެ.