ފަސް ގަޑިއިރުގެ ތަހުގީގަކަށް ފަހު ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް ގޭބަންދަށް ބަދަލުކޮށްފިއެވެ.

ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް ޓްޒާޗީ ބްރޭވަރމަން އަކީ ނަތަންޔާހޫގެ އެންގުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނަސް މަކަރާއި ހީލަތް ހެދުމާއި ސިފައިންނަށް ޖާސޫސް ކުރުމާއި ސިފައިންގެ އިސް ފަރާތްތައް ބްލެކް މެއިލް ކުރިކަމަށް ތުހުމަތު ކުރެވިގެން ޔަހުގީގު ކުރެވޭ ޔަހޫދު މީހާއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރާއި ހަވީރު ފަސް ގަޑިއިރަށް ވުރެ ގިނައިރު ފުލުހުން ވަނީ ބްރޭވަރމަންއާ ސުވާލުކޮށްފަ އެވެ. ފަހުން އޭނާ ވަނީ ގޭބަންދަށް ފޮނުވާފައެވެ.

ނަތަންޔާހޫ ބުނަނީ މިއީ އޭނާގެ ފަސްފަހަތުން ދާންވެގެން ތަހުގީގު ކުރާ މައްސަލައެއް ކަމަށެވެ.