ބައިނަލްއަޤްވާމި އަދުލު އިންސާފަށް ހުރަސްއެޅުމުގެ ޖަރީމާއެއްގައި އެމެރިކާއިން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް އިންޒާރުދީފިއެވެ.
އެމެރިކާއިން ދޭ ހަތިޔާރު ބޭނުންކޮށްގެން ގަތުލުއާންމު ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަން ހިތްވަރުދޭ ޔަހޫދީ ޒަޔަނިސްޓުންގެ ބޮޑުވަޒީރު ނަތަންޔާހޫ ވިއަސް ނޫނީ ޒަޔަނިސްޓު މުޖުރިމުންގެ އެހެން މަސްއޫލުވެރިއަކު ވިއަސް، ހައްޔަރު ކުރުމުގެ އަމުރެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފިނަމަ އެފަރާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ސެނެޓްގެ މެޖޯރިޓީ ލީޑަރަކަށް ވާން އުޅޭ މީހާ އިންޒރު ދީފިއެވެ.
އެމެރިކާގެ ޕްރޮކްސީ ހަނގުރާމަ ކުރަމުންދާ ޒަޔަނިސްޓް "އިޒްރޭލުގެ އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރު ކުރިއަށް ގެންދިއުމަށް އައިސީސީ އާއި އައިސީސީގެ ޕީޖީން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހިއްޖެނަމަ، ސެނެޓުން އައިސީސީއާއި ޕީޖީއާ ދެކޮޅަށް ވަގުތުން ދަތިކުރުމަށް ގާނޫނުތައް ފާސްކުރަން ޖެހޭނެ،" އެކްސްގައި ޖޯން ތޫނޭ ލިޔުނެވެ.
ތޫނޭ، ސެނެޓުގެ މެޖޯރިޓީ ލީޑަރަކަށް ވާނީ ޖެނުއަރީ މަހުގެ ކުރީކޮޅު ރިޕަބްލިކަން ޕާޓީން ކޮންގްރެސްއާ ރަސްމީކޮށް ހަވާލުވުމުންނެވެ.
އެމެރިކާއިން ހަތިޔާރު ދީގެން ހިންގާ ޕްރޮކްސީ ހަނގުރާމައިގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ޕިކަޕެއް ފުރެންދެން ހުރި ހެކިތައް ދެކުނު އެފްރިކާއިން ވަނީ އައިސީސީއާ ޙަވާލުކޮށްފައެވެ. އެމެރިކާގެ ބިރު ދެއްކުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި އަދި ޒަޔަނިސްޓު ޔަހޫދުން ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުން ބްލެކްމެއިލް ކުމުރުގެ ސަބަބުން ފަނޑިޔާރުން ދަނީ ޔަހޫދީ މުޖުރިމުން ހައްޔަރު ކުރުމުގެ އަމުރުގައި ސޮއިކުރުމަށް ފަސްޖެހެމުންނެވެ.