އެމެރިކާގެ ބަޖެޓު އެއާލައިން ސްޕިރިޓް އިފްލާސްވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ހިނގައްޖެއެވެ.
ދަތުރުފަތުރުގެ ޑިމާންޑް ބޮޑު ނަމަވެސް އޮޕަރޭޓު ކުރުމުގެ ހަރަދު ބޮޑުވުމާ ގުޅިގެން އެކުންފުންޏަށް މާލީ ގެއްލުންތައް ދިމާވެފައި ވެއެވެ.
ސްޕިރިޓްގެ ދަރަނި ފުނި ޖެހުނީ، ޖެނުއަރީ މަހު ޖެޓްބްލޫ އެއާވޭސްއާ އެއްކޮށްލުމަށް 3.8 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހެދުމަށް ފަހު އެކަން ނާކާމިޔާބު ވުމާއި ބޯޓުތަކުގެ އިންޖީނު ބަދަލު ކުރަން ޖެހި ގިނަ ބޯޓުތަކުގެ ދަތުރުތައް ހުއްޓާލުމުންނެވެ.
ސްޕިރިޓްގެ ދަރަނި 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެއެވެ.