ޒަޔަނިސްޓުން ގައުމީ ސަލާމަތާ ބެހޭ ދިރާސާ ކުރާ މަރުކަޒުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ސާވޭގެ ނަތީޖާ ދައްކާ ގޮތުން، ޒަޔަނިސްޓު އިޒްރޭލުގެ 82.5 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ނުރައްކާތެރި ހާލަތުގެ ސަބަބުން ހިފާފައިވާ ފަލަސްޠީނުގެ އުތުރު ސަރަހައްދުގެ ބިމުގައި އިންދާފައިވާ ޔަހޫދުންގެ ވަޒަންވެރިން އެނބުރި އެސަހަރައްދަށް ދާކަށް ބޭނުމެއް ނުވެއެވެ.
އެ މަރުކަޒުންކޮށްފައިވާ ސާވޭގެ ނަތީޖާއާ ބެހޭ ގޮތުން ލިޔަމުން ބުނެފައި ވަނީ އިޒްރޭލުގެ 45 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އިޒްރޭލުން މަސައްކަތް ކުރަންވީ އިޒްރޭލު ރައްކާތެރި ތަނަކަށް ހެދުމަށް ލުބުނާނާ ވާހަކަ ދައްކާށެވެ.
ޒަޔަނިސްޓުންގެ ގައުމީ ސަލާމަތާ ބެހޭ ދިރާސާ ކުރާ މަރުކަޒުގެ ވެބްސައިޓުން ބުނާ ގޮތުގައި އިޒްރޭލުގެ 24 ޕަސެންޓް މީހުން ބޭނުން ވަނީ ޒަޔަނިސްޓު އިޒްރޭލު ދޫކޮށް ދާށެވެ. އެއާ ޚިލާފަށް 29 އިންސައްތަ މީހުން ބުނަނީ ސިފައިންގެ ތެރޭގައި މަސައްކަތް ކުރުމަށް ދަރިންނަށް އެމީހުން ހިތްވަރު ދޭ ކަމަށެވެ.
ފާއިތުވަމުންދާ ކޮންމެ ދުވަހަކުވެސް ފެންނަނީ އިޒްރޭލު އެތެރޭން ލޫދެމުން ގޮސް، ޒަޔަނިސްޓުންގެ ހިތަށް ބިރުވެރިކަން ވަދެ އެމީހުން ބަލިވަމުންދާ ތަނެވެ.