އިންޑިއާއާއި ޗައިނާގެ ޚާރިޖީ ވަޒީރު ބްރަޒިލްގައި މިއަދު ބައްދަލު ކުރައްވައިފިއެވެ. އިންޑިއާ އިން ނެރުނު ބަޔާނުގައި ބުނީ ގެލްވާން ވާދީގައި (ލަދާކްގައި) ހަމަނުޖެހުން ކޮންޓްރޯލު ކުރުމުން ދެގައުމަށް އެކަމުގެ ހެޔޮ ފައިދާ ފެންނަ ކަމަށެވެ.

ޗައިނާއިން ނެރުނު ބަޔާނުގައި ބުނެފައި ޝީ އާއި މޮދީގެ ބައްދަލު ވުމަކީ ފެށުމެއް ކަމަށެވެ.

އިންޑިއާއިން ބުނެފައި ވަނީ އިންޑިއާ ގަބޫލު ކުރަނީ އެތައް ބާރެއްގެ ނުފޫޒު އޮންނަ އޭޝިއާއާއި ދުނިޔެއަކަށް އިންޑިއާއިން އުންމީދު ކުރާ ކަމަށެވެ. އަދި އިންޑިއާގެ ޚާރިޖީ ސިޔާސަތަކީ މިނިވަން ސިޔާސަތެއް ކަމަށެވެ.

ޗައިނާގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދެ ގައުމުން އެއްގަލަކަށް އަރަން ޖެހޭ ކަންކަން ވެސް އެބަހުރި ކަމަށެވެ. އަދި ޚިޔާލު ތަފާތުވާ ކަންކަންވެސް ހުރި ކަމަށެވެ.

ގެލްވާން ވާދިއަކީ އިންޑިއާގެ ޣުލާމް ރަސޫލު ގެލްވާނުގެ ނަން ދެވިފައިވާ ވާދީއެކެވެ. އިންޑިއާއި ޗައިނާގެ ހަމަނުޖެހުން ފެށުނު އިރު މީޑިއާ ރިޕޯޓުތަކުގައި ގެލްވާން ވާދީ ގެ ނަމުން އެތަން ސިފަކޮށް ރިޕޯޓު ކުރަމުން އައިސް ޣުލާމް ރަސޫލު މަޝްހޫރު ވުމުން މިހާރު "ލަދާކްގެ ހަމަނުޖެހުން" އަށް ބަދަލު ކޮށްފައި ވެއެވެ.

އިންޑިއާއިން ޗައިނާގެ ޝިންޖިއާނަށް ދާން އޮންނަ މަގު ޣުލާމް ރަސޫލު ހޯދައި ދިނުމުން އޭނާގެ ނަމުން ނަން ދެވިފައިވާ މި ހިސާބަކީ، އިންޑިއާއާއި ޗައިނާއާ ދެމެދު ފާހަގަ ޖެހިފައި އޮންނަ ސަރަހައްދީ ރޮނގެއް އޮންނަ ހިސާބެއް ނޫނެވެ.

މި އުސް އަދި ފިނި ސަރަހައްދު ހިއްސާ ކުރާ އެއްވެސް ގައުމަކުން އަނެއް ގައުމަކާ ދެމެދު ފާހަގަ ޖަހާފައިވާ ސަރަހައްދި ރޮނގެއް ނޯވެއެވެ.

ގެލްވާންގެ ސަރަހައްދީ ރޮނގު މައިތިކުރުމަށްޓަކައި އިންޑިއާއާއި ޗައިނާއިން ވަނީ އުދަގޫ މަޝްވަރާތަކެއް ކޮށްފައި ދެ ފަރާތުންވެސް ސިފައިން ފަހަތަށް ޖައްސާފައެވެ.

ދެފަރާތުން އެއްބަސްވެފައި ވަނީ ދެ ބައިމީހުންވެސް އެއްބަސްވާ ގޮތެއްގެ މަތިން މައްސަލަ ޖެހިފައިވާ ސަރަހައްދު ތެރެއަށް ވަދެ އެއް ބަޔަކު އަނެއް ބަޔެއްގެ ފަޔަށް ފައިން ނާރާ ފޯރި މަރަމުން ގެންދާށެވެ.