ދާދިފަހުން މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ކަމުގެ މަގާމުން ވަކިކުރި އެރިކް ޓެންހާގް، މެންޗެސްޓަރގައި ހުރި ފޮޓޯއެއް މީޑިޔާގައި ދައުރުވުމުން ސަޕޯޓަރުންނަށް ހައިރާންކަން ލިބިއްޖެއެވެ.
ގިނަ ސަޕޯޓަރުން ހީކުރި ގޮތާ ހިލާފަށް ޓެންހާގް މިފަހަރު މެންޗެސްޓަރގައި ހުރީ މެންޗެސްޓަރ ޔުނައިިޓެޑުގެ މަސައްކަތެއް ކުރުމަކަށް ނޫނެވެ. ޓެންހާގް މިވަގުތު މެންޗެސްޓަރގައި ހުރީ އޭނާ ދިރިއުޅުނު ގޭގައި ގެންގުޅުނު ބައެއް ތަކެތި ނެދަލޭންޑްސްއަށް ގެންދިޔުމަށް ބަލައި އައިހެވެ.
ޓެންހާގަށް އިޓާލިއަން ސީރިއޭގެ ބައެއް ކްލަބުތަކުން ހުށަހެޅުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު އެއިން އެއްވެސް ހުށަހެޅުމަކަށް ޓެންހާގް އާނބަސް ބުނެފައެއް ނުވެއެވެ.