މޯލްޑިވްސް އިމިގްރޭޝަނުން އަލަށް ހުޅުވާ 7 އޮފީހަކުން 21 ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިމިގްރޭޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހު 17 ވަނަ ދުވަހު އެކްސްގައި އާންމު ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައިވާ ގޮތުން ހުޅުމާލެ އަދި ވިލިމާލެ ފިޔަވާ އިތުރު 4 ރަށަކުން މި ފުރުސަތަށް ހުޅުވާލާފައިވެއެވެ. އެރަށް ތަކަކީ ލ. ފޮނަދޫ އާއީ ދ. ކުޑަހުވަދޫއާއި ބ. އޭދަފުށީގެ އިތުރުން ށ. ފުނަދޫއެވެ. އެ އިދާރާއިން މި ރަށްތަކުގައި އަލަށް ހުޅުވާ އޮފީސްތަކުން ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ އިމިގްރޭޝަން އޮފިސަރ ޓްރެއިނީ ގެ މަގާމަށެވެ.
އެގޮތުން ހުޅުމާލެ އިމިގްރޭޝަން އޮފީސް، ފޭސް 1 އަދި ފޭސް 2 އިން މި މަގާމަށް 5 ފުރުސަތެއް ހުޅުވާލާފައިވެއެވެ. އަދި ވިލިމާލެ އޮފީހުން 3 ފުރުސަތު ހުޅުވާލައި ދެން ހުރި ކޮންމެ ރަށަކުން 2 ފުރުސަތު އިމިގްރޭޝަނުން ވަނީ ހުޅުވާލާފައެވެ.
އަދި މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވާ ސުންގަޑި އަކީ މި ހިނގާ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އެފަރާތަށް މެއިލް ކުރުމަށްވެސް ވަނީ އިމިގްރޭޝަނުން ވަނީ އެދިފައެވެ.