ޒަޔަނިސްޓު ޓެރަރިސްޓު ޔަހޫދުންގެ އިޒްރޭލަށް ލިބެމުންދާ ގެއްލުމާއެކު ހަމާސްއަށް އެމެރިކާއިން ދަނީ ފިއްތުންތައް އިތުރު ކުރަމުންނެވެ. ޤަތަރަށް ފިއްތައިގެން ހަމާސް ބޭރުކޮށްލުމަށް ފަހު މިހާރު ތުރުކީއަށް ފިއްތަމުންދަނީ ހަމާސްގެ އޮފީހަށް އަންކަރާއިން ޖާގަ ނުދިނުމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވަނީ ހަމާސްގެ އޮފީހަށް ތުރުކީން ޖާގަ ދީފާނެތީ ތުރުކީއަށް އިންޒާރު ކޮށްފައެވެ.

މެތިއު މިލާ ހޯމަ ދުވަހު ބުނެފައި ވަނީ "ހަމާސްއަށް އަންކަރާގައި ޖާގައެއް ދީގެން ނުވާނެ ކަން ވޮޝިންޓަނުން އަންކަރާއަށް ސާފުކޮށްދޭން ބޭނުން" ވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޓެރަރިސްޓް ޖަމާއަތެއްގެ ލީޑަރުންނަށް އެއްވެސް ތަނެއްގައި އަރާމުން ތިބެވެން ޖެހެނެ ކަމަކަށް. އަދި ޔަގީނުން ވެސް އަޅުގަނޑުމެންގެ މުހިންމު އެކުވެރި ބައިވެރި ގައުމެއްގެ ވެރިރަށުގައި އުޅެވިގެން ނުވާނެ" ސްޓޭޓް ޑިޕާޓްމަންޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން މިލަރ ބުންޏެ އެވެ.

ފަލަސްޠީނުގެ މައްސަލާގައި ބޮޑުބަސް ވިދާޅުވާ ތުރުކީ ރައީސް އެރުގުޣާން ބްރަޒިލްގައި ވިދާޅުވީ އިޒްރޭލުގެ ދައުލަތުގެ ޓެރަރިސްޓް އަމަލުތަކަށް ވާގިވެރިވަނީ ހުޅަނގުން ކަމަށެވެ.

ތުރުކީގެ ސަރުކާރުން މެތިއު މިލަރގެ ވާހަކައަށް ރައްދު ދެމުން ބުނެފައި ވަނީ އެމެރިކާއިން އެހެން މީހުންނަށް ޓެރަރިޒަމޭ ކިޔައިގެން ނަސޭހަތް ދޭއިރު އެމެރިކާއިން އަމިއްލައަށް ޓެރަރިސްޓުންނަށް ވާގި ވެރިވަމުންދާ ކަމަށެވެ.

ތުރުކީން ބުނަނީ މިލަރ އެވާހަކަ ދައްކަމުން ދިޔަ މަރުކަޒާއި 345 މޭލު ދުރުގައި ތުރުކީން ހޯދަން ބޭނުންވި ޓެރަރިސްޓަކު ދިރިއުޅުނު ކަމަށެވެ.

ތުރުކީން އިޝާރާތް ކުރީ ދާދި މިދާކަށް ދުވަހު އަވަހާރަވި ދީނީ އިލްމުވެރިޔާ ފަތުޙުﷲ ގޫލަންއަށެވެ. އޭނާ ދިރިއުޅުއްވީ ޕެންސެލްވޭނިޔާގައެވެ.

އޭގެ އިތުރުން ތުރުކީ ކޮންޓްރޯލު ކުރުމަށް އެމެރިކާއިން ސޫރިޔާގައި ހިފާފައިވާ ބިމުގައި ހަދާފައިވާ އަސްކަރީ މަރުކަޒުގައި ތުރުކީން ޓެރރިސްޓުން ކަމަށް ލިސްޓުކޮށްފައިވާ ކުރުދީ ދަރިކޮޅުގެ ޕީކޭކޭ އަށްވެސް އެމެރިކާއިން ތަމްރީން ދެމުން ގެންދެއެވެ. ތުރުކީން އަބަދުވެސް ވަނީ އެމެރިކާގެ ޓެރަރިޒްމެގެ ދެފުށް ދެގޮތް ސިޔާސަތަށް ފާޑު ކިޔާފައެވެ.

ޕީކޭކޭގެ ސޫރިޔާ ގޮފި ވައިޕީޖޭއަކީ އެމެރިކާއިން ހަތިޔާރާއި ފައިސާ ދީގެން އޮޕަރޭޓް ކުރުވާ ބައެކެވެ.