ޒަޔަނިސްޓު ޔަހޫދީ މުޖުރިމުންނާ ދެކޮޅަށް ދެކުނު އެފްރިކާއިން ކުރި މަސައްކަތުގެ ފައިދާ ފެނިއްޖެއެވެ. ނަތަންޔާނޫއާއި އޭނާގެ ދިފާއީ ވަޒީރު ގެލެންޓު ހައްޔަރު ކުރުމަށް އަމުރު ނެރެފިއެވެ.
އެކަން ކުރުމަށް އިޒްރޭލުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އިޚުތިސާސް ބަލައިގަތުން މުހިންމެއް ނޫނެވެ. ޔަހުދީ ކަލޭގެ އަތު ޖެހޭ ކޮންމެމީހަކަށް އޭނާ ހައްޔަރުކޮށް ކޯޓާ ހަވާލު ކުރެވިދާނެއެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓޫން ނެރެފައިވާ އަމުރު އަރަބި ބަނީ ސަހްޔޫނުން ތަންފީޒު ކުޜާނެ ކަމެއް ނޫނީ ނުކުރާނެ ކަމެއް ސާފެއް ނޫނެވެ. މިވެރިންނަކީ ޙަމާސާއާ ދެކޮޅަށް ސަހުޔޫނުންނަށް އަޑިއަޑިން ނުބައިހަދައި ވާގިވެރިވި މީސްމީހުންނެވެ.
ޔަހޫދުންގެ ސަރުކާރުން ވަނީ މި އަމުރަށް ފާޑު ކިޔާފައެވެ. ޔަހޫދީންނާ ދެކޮޅު ވެރި ކޯޓަކުން ނެރުނު ވަކި ފަރާތަކަށް ޖެހިފައިވާ ކޯޓަކުން ނެރުނު އަމުރެއް ކަމަށް ޒަޔަނިސްޓުން ބުނެފައެވެ.
ނެދަރލެންޑްގެ ފޮރިން މިނިސްޓަރު ވިދާޅުވީ ދެ މުޖުރިމުން ކުރެން މީހަކު އެގައުމުގެ ފަސްގަނޑުގައި ފައި ޖައްސައިފިނަމަ ވަގުތުން ހައްޔަރުކޮށް ކޯޓާ ހަވާލުކޮށް އަމުރު ތަންފިޒު ކުރާނެ ކަމަށެވެ.
މި ދެމުޖުރިމުންނަށް ދެން ދެވޭނީ ލަފާ ކުރެވޭ ގޮތުގައި އެމެރިކާއަށް އެކަންޏެވެ. އެހެން ނޫނީ ކޮންމެ ގައުމަކުންވެސް މި ވެރިން ހައްޔަރުކޮށް ހަވާލު ކުރަން މަޖުބުރު ވާނެއެވެ.