އިނގިރޭސިވިލާތުގއި ބޭނުންކުރާ ވާވޭ ގެ5ޖީ ނެޓްވަރކްގެ ސާމާނުން ސެކިއުރިޓީ ނުރައްކަލެއް ފާހަގަ ވެގެން އެކަން ރަނގަޅު ކުރަން އެންގި ކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ.

މި މައްސަލައަކީ ކޯޑް ކުރުމުގައި ބޭނުންކޮށްފައިވާ ފަރުވާ ކުޑަ މަސައްކަތަކާއި އަޕްޑޭޓް ނުކޮށްއޮތް އޯއެސް ބޭނުން ކުރުމުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

އިގިރޭސިވިލާތުން ވަނީ ވާވޭގެ ސާމާނުތައް އެގައުމުގެ 5ޖީ ނެޓްވަރކްގައި އިތުރަށް ބޭނުން ނުކުރާން ނިންމާފައެވެ.

އިނގިރޭސި އިންޓެލިޖެންސް އިން ވަނީ މިމައްސަލަ ހޯދައި ވާވޭ ލައްވައި އެކަން އިސްލާހު ކުރުވާފައެވެ.

ވާވޭގައި ސެކިއުރިޓީ މައްސަލަތައް ހުރިކަން ފާހަގަވުމާއެކު އިނގިރޭސިވިލާތުން ވަނީ ވާވޭ ސައިބަރ ސެކިއުރިޓީ ސެންޓަރއެއް އެކުލަވާލައި ވާވޭގެ ސާމާނާއި އެމީހުންގެ ސޮފްޓްވެއަރގެ ސަބަބުން ނުރައްކަލެއް ކުރިމަތި ނުވާނެކަންމުގެ ގެރެންޓޯ ހޯދުމަށް އިންސްޕެކްޝަންތަކެއް ފަށާފައެވެ. މި މައްސަލަ ފާހަގަވެފައި ވަނީ މިފަދަ އިންސްޕެކްޝަނަކުން ކަމަށް މި ސެންޓަރުން ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުން ބުނާ ގޮތުން މިއިން ދައްކައި ދެނީ، ވާވޭގެ އިންޖިއަރިންގ ގައި މައްސަލަތައް އުޅޭކަމާއި އެއިން ނެޓްވަރކްތަކަށް ހުރި ނުރައްކަލެވެ.

ވާވޭ އިން ބުނަނީ އެމީހުންނަށް ފާރަލާވަރަކަށް އެހެން މީހުންނަށް ފާރައެއް ނުލައެވެ. އަދި އެހެން ކުންފުނިތަކުގެ ކޯޑާއި އާލާތްތައްވެސް ހަމަ އެވަރަށްފާސްކުރަން ޖެހޭނެ ކަމަށެވެ.