ހިޓާޗީ ބްރޭންޑްގެ އެއަރކޮންޑިޝަނަރގެ ޚާއްސަ "ފިނިފިނި ހިޓާޗީ ޕްރޮމޯޝަން" އެސްޓީއޯއިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯމް އިމްރޫވްމެންޓް، އެސްޓީ އޯ ވިލިމާލެ ފިހާރަ، އަދި އެސްޓީ އޯ ހުޅުމާލެ ފިހާރައިގައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ގަންނަ 24،000 ބީޓީޔޫގެ ކޮންމެ 5 އެއަރ ކޮންޑިޝަނަރ އަކަށް 12،000 ބީޓީޔޫގެ އެއަރކޮންޑިޝަނަރ އެއް ހިލޭ ލިބިގެންދާނެއެވެ. އަދި 18،000 ބީޓީޔޫގެ ކޮންމެ 5 އެއަރ ކޮންޑިޝަނަރ އަކަށް 9،000 ބީޓީޔޫގެ އެއަރކޮންޑިޝަނަރ އެއް ހިލޭ ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

މާރިޗް މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްގެ އިތުރުން އަގުހުރި އިނާމުތަކެއް ލިބިގެންދާނެއެވެ.

ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ޓީވީ އަދި ދޮންނަ މެޝިން ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

މީގެ އިތުރުން ބައްލަވައިގަންނަވާ ކޮންމެ އޭސީއަކާއެކު ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި، ރައިސް ކުކަރ، އަވަން، އިސްތިރީގެ އިތުރުން ފަނަރަ ސަތޭކަ ރުފިޔާގެ ގިފްޓް ވައުޗަރ ހިމެނެއެވެ.

އެސްޓީއޯއިން މިހާރުވަނީ ރަމަޟާން ބާޒާރު ވެސް ފަށައިފައެވެ.