ޕާކިސްތާންގެ ބަލޫޗިސްތާން ސަރަހައްދުގައި ދަތުރުފަތުރު ހުއްޓުމަކަށް ގެނަސްފިއެވެ. އުމުރުން 10 އަހަރުގެ ސްކޫލް ކުއްޖަކު ވަގަށް ނެގުމާ ގުޅިގެން ސިޔާސީ ޕާޓީތަކާއި ވިޔަފާރިވެރިންނާއި މަދަނީ ޖަމިއްޔާތަކުން ވަނީ މުޅި ޕްރޮވިންސްގައި ހަޅުތާލަކަށް ގޮވާލާފައެވެ.

ހޯމަ ދުވަހުން ފެށިގެން އެއްގަމު ދަތުރުފަތުރާއި ރޭލް ދަތުރުތައް އެތައް ގަޑި އިރަކަށް ހުއްޓުވައިލިއެވެ.

ވެރިރަށް ކުއެޓާ އާއި ބަލޫޗިސްތާންގެ އެހެން ހިސާބުތަކުގެ ސަރުކާރާއި އަމިއްލަ މީހުންގެ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ. ބަލޫޗިސްތާން ހައިކޯޓަށް މައްސަލަ ވެއްދިއިރު ފަނޑިޔާރުން ނެތުމުން މައްސަލަ ބެލޭ ގޮތެއްވެސް ނުވިއެވެ

ބަލޫޗިސްތާން އެސެމްބްލީގައި ވެސް އެމައްސަލާގައި ބަހުސްކޮށް 10 އަހަރުގެ ކުއްޖާ ވަގަށް ނެގިތާ 10 ދުވަސްވީއިރުވެސް ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާކަމަށް ބުނެ ފާޑު ކިޔާފައި ވެއެވެ.

ވަގަށް ނަގާފައިވާ ކުއްޖާއަކީ ޖަވާހިރުގެ ވިޔަފާރި ކުރާ މީހެއްގެ ދަރިއެކެވެ. އެކުއްކާ ސްލޫކުން އަންނަނިކޮށް އޭނާ އިންކާރު ހުއްޓުވައި އޭނާ ވަގަށް ނަގައިގެން ދިޔައީ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ބަލޫޗިސްތާންގައި ހަނގުރމާވެރިން ހަރަކާތްތަކާއި ޓެރަރކސްޓު ހަމަލާތަކަކީ އާންމު ކަމެކެވެ. އަދި އޭގެ އިތުރުން ދައުލަތުގެ ސަލާމަތީ އިދާރާތަކުންވެސް ދެކޮޅުވެރިން ވަގަށް ނަގައި ހަދައެވެ.