އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކާއި ދުނިޔޭގެ 500 އަށް ވުރެ ގިނަ ވަކީލުން ހިމެނޭ ގާނޫނީ ލަޝްކަރުގެ އިސް ސަފުގައި ހުންނަވައިގެން މިދިޔަ ނޮވެމްބަރު މަހު ހޭގްގެ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ނަތަންޔާހޫއާ ދެކޮޅަށް ވަޑައިގަތް ފްރާންސްގެ ތަޖުރިބާކާރު ގާނޫނީ ވަކީލު ޑޮކްޓަރު ޖިލްސް ޑޯވަރ މިއަދު އަވަހާރަވެއްޖެ އެވެ.

ޑޯވަރ އަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްގެ މައްޗަށް ހަނގުރމައިގެ ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރައްވައި، ޕްރޮސެކިއުޓަރ ކަރީމް ޚާންގެ އެދިވަޑައިގަތުމަށް ކޯޓުން ނެރުނު އަމުރުގެ ދިރާސާތަކުގެ ފަހަތުގައި ހުންނެވި ސިކުނޑިއެވެ. މިދިޔަ މެއި މަހުން ފެށިގެން އޭނާ ވަނީ އެކަމަށް މަސައްކަތް ކުރައްވާފައެވެ.

ނަތަންޔާހޫ ހައްޔަރު ކުރުމަށް އަމުރު ނެރުނު ދުވަހު ބަލި އެނދުގައި އޮންނަވައިގެން އޭނާގެ ދަރިފުޅަށް ވިދާޅުވީ މިހާރު ދެން މަރާ ބައްދަލުކުރަން ފަސޭހަ ވާނެ ކަމަށެވެ. އޭނާ އެންމެ ފަހުގެ އިންޓަރވިއުގައިވެސް ވާހަކަ ދެއްކެވީ އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ގޮތންނެވެ. އަދި އެއިންޓަރވިއު އޭނާ ދެއްވީ އަލްޖަޒީރާއަށެވެ.