"އަޅުގަނޑަށް ފާހަގަވީ އެއީ ރާވައިގެން ހިންގި ނުބައި އަމަލެއް ކަމަށް. އަދިވެސް އަޅުގަނޑު ގަބޫލު ކުރަނީ އެގޮތަށް. އަޅުގަނޑުގެ ކުރިމައްޗަށް ހުށަހެޅުނު ހުރިހައި ހެއްކަކުން ވަރަށް ސާފުކޯށް އެނގޭ، ބާބްރީ މިސްކިތް ތަޅާލީ ރަނގަޅަށް ރާވައިގެން ކަން. އަޅުގަނޑު ރަނގަޅަށް ހަނދާން އެބަހުރި، އުމާ ބަހާރަތީ ވަރަށް ސާފުކޮށް އެކަމަށް ޒިންމާ ނެގި. އެއި ނޭނގި ވީކަމެއް ނޫން. މިސްކިތް ތަޅާލީ އިންސާނިންގެ ބަޔަކު ވެގެން"
އިންޑިއާގެ ރިޓަޔަރޑް ޖަސްޓިސް މަންމޯހަން ސިންގ ލިބެރްހާން

ޖަސްޓިސް ލިބެރްހާން މިފަދައިން ވާހަކަ ދައްކަވާފައިވަނީ ބުދަ ދުވަހު އިންޑިއަން އެކްސްޕްރެސްއާ، ޗަންދީގަޅްގައި އޭނާގެ ގޭގައެވެ.

ބާބްރީ މިސްކިތް ތަޅާލުމާ ގުޅިގެން 1992ގައި އެމައްސަލަ ބެލުމަށް ކޮމިޝަނެއް ހަދާފައި ޖަސްޓިސް ލިބެރްހާންއާ ހަވާލުކުރިއެވެ. އޭނާގެ ހޯދުންތަކުގެ ރިޕޯޓް 2009ގައި ފުރިހަމަކޮށްފައި ހުށަހެޅިއެވެ.

މި ރިޕޯޓްގައި އެލްކޭ އަދަވާނީއާއި މަނޯހަރް ޖޯޝީއާއި އުމާބާރަތީ ބައިވެރިވާ ކަމަށާއި އަދި ނުސީދާކޮށް އެއިރު ޔޫޕީގައި ވެރިކަން ކުރި ސަރުކާރުވެސް މިސްކިތްތަޅާލުމުގައި ބައިވެރިވާކަމަށް ބުނެފައި ވެއެވެ.

މިސްކިތް ތަޅާލުމުގައި ބައިވެރިވި އާންމުންގެ މީހުން ބައިވެރިކޮށްފައިވަނީ މޮޅަށް ރާވައިގެން ކަމަށްވެސް ރިޕޯޓްގައި ވެއެވެ. މި ހަމަނުޖެހުމާ ހަމައަށް ގައުމު ގެންދިޔަ، މީހުންގެ ތެރޭގައި 60 މީހެއްގެ ނަން ހިމަނާފައި ވެއެވެ. އޭގައި އާރްއެސްއެސްގެ މީހުންނާއި ވީއެޗްޕީގެ ލީޑަރުންނާއި އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި އަޓަލް ބިހާރީ ވާޖްޕާއީވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

"އަޅުގަނޑުގެ ހޯދުންތައް ޔަގީނުންވެސް ސައްހަ ވާނެ. ތެދުވެރި ވާނެ. އަމާނާތްތެރިވާނެ. ބިރަކާ ނުލައި ވަކި ކޮޅަކަށް ޖެހުމަކާ ނުލައި ރިޕޯޓް ލިޔެފައި ވާނީ. ފަހުން ބަލާ ބަޔަކަށް އެއީ، ކަން ހިނގައި ދިޔައީ ކިހިނެއް ކަމާއި ވެގެން ދިޔަ ގޮތް އަމާނާތްތެރިކަމާއެކު ކިޔައިދޭ ރިޕޯޓެއް. އެއީ ތާރީޚުން ބައެއް"
އިންޑިއާގެ ޖަސްޓިސް ލިބެރްހާން

ސީބިއައި ގެ ސްޕެޝަލް ކޯޓުން މައްސަލަ ނިންމި ގޮތާމެދު އޭނާ ވާހަކަ ދައްކަވާކަށް ބޭނުމެއް ނުވިއެވެ.

އޭނާ ވިދާޅުވީ އޭނާގެ ކުރިމަތީގައި އުމާ ބާރަތީ އެކަމަށް ޒިންމާ ނަގާފަ، ކޯޓުން އޭނާގެ ކުށެއް ނެތޭ ބުނާނަމަ ދެން ބުނާނެ އެއްޗެއް އޭނާއަށް ނޭނގޭ ކަމަށެވެ.

އަޑު އަހާލަން:

ގާ މަތީގައި މީހުނަކަށް ނޫޅެވޭނެ. މީހުންނަށް އުޅެވޭނީ ގާ ނަގައި ފަސްގަނޑު އެއްވަރުކޮށްގެން
މިސްކިތް ތަޅާލުމުގެ ކުރީ ދުވަހު ލަކްނައުގައި އެކަމަށް އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަވަމުން ވަޖްޕާއީ ވިދާޅުވި

https://youtu.be/HaU1W01mszM

ވަޖްޕާއީ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އެހަކެރި ކަމާއެކު ދިގު އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު އެވެ. އޭނާގެ ހަޔާތުގެ ފަހު ދުވަސްކޮޅުގައި އޭނާ އަށް ޒިޔާރަތް ކުރާނެ މީހަކު ނުވިއެވެ. ކޮންމެ ދުވަހަކުވެސް ހަވީރު ވަދެލާނެ އެންމެ ރައްޓެއްސެކެވެ. ވާހަކައެއް ނުދެއްކެއެވެ. ކަރަށް ގުޅާފަ ހުރި ހޮޅިއެއްގެ ޒަރިއާއިން ވާހަކަ ދައްކަވައި ބޭސްނަންގަވައި ހެއްދެވިއެވެ.