ދެކުނު ލުބުނާންގެ ޟަޙިއްޔާ އަވަށުގެ އިމާރާތްތައް ތަޅައި ސާފުކުރާއިރު ނަގާ ގައު ކުނޑިތައް ބޭނުންކޮށްގެން ލުބުނާންގެ އައްސޭރިފަށް ހިއްކުމަށް ބޮޑު ވަޒިރު ނިންމަވައިފިއެވެ. ލުބުނާންގެ ބޮޑު ވަޒީރު ނަޖީބު މީގާތީއަކީ ކޮންސްޓްރަކްޝަންގެ ދާއިރާއިން މުއްސަނދިކަން ހޯއްދަވާފައިވާ މިލިއަނަރެކެވެ.

އޭނާ މިއަދު ސިރައިލް ޕެލަސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެގައު ކުނޑި ބޭނުން ކޮށްގެން ހިއްކާ ބިމުގެ ސަރަހައްދު ރިއަލް އެސްޓޭޓްގެ ގޮތުގައި ޑިވެލޮޕްކޮށް، އަގުބޮޑުކޮށް ވިއްކޭ ގޮތަށް ތަރައްގީ ކުރާނެ ކަމަށެވެ.