ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހަވީރަކީ ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށް ބުރަކޮށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ ހަވީރެކެވެ. މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޑިސެންބަރު 2024 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށާއި ރޭގަނޑު 20:00 އިން 21:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައެވެ. މި ހަވީރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ޢާއިލާތަކުގެ ކުޑަކުދިންނަށާއި އަދި އެހެނިހެން ހުރިހާ ކުޑަކުދިންނަށެވެ.
ސްޓެލްކޯގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހަވީރުގެ މަޤްޞަދަކީ ބިޒްނަސް ސެންޓަރު އިމާރާތްކުރުމުގައި މުވައްޒަފުން ދައްކާފައިވާ ހިތްވަރާއި ޖޯޝް އަދި މަސައްކަތުގެ ނަމޫނާ އަޚްލާޤު ފާހަގަކުރުމެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ ޢާއިލާތަކަށް ދައްކާލުމެވެ.