މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއްކަމަށެވެ. އެދެމީހުންގެ ތެރެއިން 32 އަހަރުގެ މިހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 22 ވަނަ ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވެއެވެ.

24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ. އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ ހަ ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިކަމަށްވެސް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.