ލޯކަލް ކައުންސިލް އިންތިހާބު ގައި ވޯޓް ލުމަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ހުޅުވާލައިފިއެވެ.

އަންނަ އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރަށްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ލާން ރަޖިސޓްރީވެފައިވާ ތަންތަން ނޫން އެހެންތަނެއްގައި ވޯޓްލުމަށް އަލުން ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމު އިއްޔެއިން ފެށިގެން ވަނީ ބަލައިގަންނަން ފަށައިފައެވެ. އިއްޔެއިން ފެށިގެން މިމަހު 11 އަށް ފޯމް ބަލައިގަންނާނެއެވެ. ފޯމް ބަލައިގަންނާނީ ސޯސަން ވިލާއިންނެވެ.

ފޯމު ބަލައިގަތުން ކުރިއަށް ދާނީ:

ހޯމަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

ހޮނިހިރު އަދި އާދީއްތަގައި ފޯމުބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށެވެ.

ހުކުރު ދުވަހު ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށެވެ.