ސޫރިޔާގެ ހަނގުރާމަވެރިންގެ ވަގުތީ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމަށް އަސަދު ހަސަން އައްޝައިބާނީ އައްޔަން ކޮށްފިއެވެ. އިދްލިބްގައި ހަނގުރާމަވެރިން ވެރިކަން ހިންގިއިރު އަސަދު ހުރީ ބޭރު މީހުންނާ ގުޅިގެން ކަންކަން ވިލަރެސް ކުރުމަށް ކޯޕަރޭޓް އެފެއާރޒްގެ ހެޑްގެ މަގާމުގައެވެ.

އަސަދަކީ ހަސްކާއަށް އުފަން މީހެކެވެ. އޭނާ ވަނީ ދިމިޝްޤް ޔުނިވަރސިޓީން އިންގްލިޝް ލެންގުއޭޖު އެންޑް ލިޓެރޭޗަރއިން ޑިގްރީއެއް ހާސިލުކޮށްފައެވެ.