ސޫރިޔާގެ ހަނގުރާމަވެރިންގެ ވަގުތީ ސަރުކާރުގެ ހެލްތު މިނިސްޓަރު މާހިރުއްޝަރުޢު ބުނާ ގޮތުން އޭނާއަކީ އޭނާގެ ބޭބޭގެ ސަރުކާރުން މަގާމެއް ބޭނުން ވެގެން އުޅޭ މީހެއް ނޫނެވެ. އޭނާ މިހާރު ހުރި މަގާމު އޭނާއަށް ލިބިފައި ވަނީ އިދްލިބްގައި އެމީހުންގެ ބާޣީ ސަރުކާރު ހިންގި އިރު ލިބުނު މަގާމުގެ ހައިސިއްޔަތުން ކަމަށް އޭނާ ބުނެއެވެ.

މާހިރު ބުނިގޮތުގައި އޭނާ އެންމެ މުހިންމު ސަމާލުކަމެއް ދެނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެކިފަރާތްތަކާ ވާހަކަ ދެއްކުމުގެ މަސައްކަތެވެ.