ކުވެއިތުން ރަށްވެހިކަން ދިނުމާ ބެހޭ ޤާނޫނަށް ބަދަލު ގެނަސްފިއެވެ. މަކަރު ހަދައިގެން ރަށްވެހިކަން ހޯދައިފިނަމަ އެމީހާގެ ރަށްވެހިކަން ނިގުޅައި ގަނެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނަސްފިއެވެ. އަދި ކުވެއިތުގެ އަމީރު ނެރުއްވި އައު ގަރާރުގައި ވާގޮތުން ކުވެއިތު މީހާ އިނުމަކުން މީހާއަށް ރަށްވެހިކަމެއް ނުލިބޭނެއެވެ. ނަމަވެސް އެފަދަ ކައިވެންޏަކަށް ލިބޭ ކުދިންނަށް ކުވެއިތުގެ ރަށްވެހިކަން ލިބޭނެއެވެ. އަދި ހަމަނުޖެހުން އުފެއްދުމާއި އަމާންކަން ނަގާލުމުގައި އުޅުމުން ރަށްވެހިކަން ދީފައިވާ މީހުންގެ ރަށްވެހިކަން ނިގުޅައި ގަނެވޭނެއެވެ.