ލަންޑަންގެ މީހުން މީސްމީޑިއާގައި ހައިރާން ވެގެން އުޅުނީ ކުއްލިއަކަށް މަގުމައްޗަށް ލޮރިއަކުން ކެރެޓްތަކެއް އަޅާމަންޒަކަށެވެ.

މިއީ ލަންޑަން ޔުނިވަރސިޓީގެ ގޯލްޑްސްމިތު ކޮލެޖްގައި މާސްޓަރސް ޕްރޮގްރާމް ނިންމާ ދަރިވަރަކު އޭނާގެ ކޯސް ނިންމުމަށް ބޭނުންވާ ފަންނުވެރިކަމެއް ދައްކާލުމަށް ކުރިކަމެކެވެ.

ލޮރިއެއްގައި 32 ޓަނުގެ ކެރެޓް މަގުމައްޗަށް އަޅާލީއެވެ. އޭނާ ބުނީ މި ފަންނުވެރިކަމުގައި އޭނާ މީހުންގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ކާނާ އިސްރާފުކޮށް ގޮނޑަށް އަޅާލުމާ ބެހޭ ގޮތުންނެވެ.

އޭނާގެ މި މަސައްކަތް ނިމުމުން މި ތަކެތި ޖަނަވާރުންނަށް ކާން ދޭނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

https://www.youtube.com/watch?v=ea7LcWKhXdc&feature=youtu.be