ފުލުހުންނަށް އަހަރީ ޗުއްޓީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ އަހަރީ ޗުއްޓީ ދިނުން ހުއްޓާލާފައި ވަނީ ކޮވިޑް-19 ގެ ހާލަތު ގޯސް ވުމާ ގުޅިގެން، ފުލުހުންގެ އޮޕަރޭޝަން ލެވެލް 2 އަށް މަތިކޮށްފައި ވާތީ ކަމަށެވެ.

ނަމަވެސް މުވައްޒަފުންނަށާއި އާއިލާގެ މެންބަރުންނަށް ދިމާވާ އިމަޖަންސީ ކަންކަމާ ގުޅިގެންނާއި ކައިވެނި ކުރުން ފަދަ މުހިންމު ކަންކަމާ ގުޅިގެން މިހާރު ވެސް ޗުއްޓީ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އުސޫލާ ގުޅިގެން އެއްވެސް މުވައްޒަފަކު މިހާތަނަށް ޝަކުވާ ހުށައަޅާފައިނުވާ ކަމަށެވެ.