އައު އަހަރު ފާހަގަ ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ތާޖުމަހާލަށް ޒިޔާރަތްކުރުމާ ގުޅިގެން ތާޖުމަހަލް ބަލަހައްޓާ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާގެ ހުރިހައި މުވައްޒަފުންގެ ޗުއްޓީތައް ކެންސަލް ކޮށް ވަޒީފާއަށް ނިކުތުމަށް އަންގައިފިއެވެ.

ތާޖު ސަރަހައްދުގައި ފުލުހުންގެ ކުއިކް ރެސްޕޮންސް ޓީމުތައްވެސް ވަނީ ބައިތިއްބާފައެވެ.

އޮފިޝަލުން ބުނާ ގޮތުގައި ޑިސެމްބަރު މަސް ފެށުނީއްސުރެ ކޮންމެ ދުވަހަކު ހެން ތާޖުމަހަލަށް ގިނަ އަދަދަކަށް މީހުން ޒިޔާރަތް ކުރަމުން ދެއެވެ. އަދި ޖަނަވަރީ މަސް ނިމެންދެން މި ގޮތަށް ދާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އައު އަހަރު ފާހަގަ ކުރުމަށް ބައިލައްކައެއްހައި މީހުން އެއްވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.