އެމެރިކާއިން އައިސިސް މީހެއްކަމަށް ބުނާ ޝަމުސުއްދީން އަބްދުލްޖައްބާރު ދަންނަ މުސްލިމެއް ޓެކްސަސްގައި ނެތް ކަމަށް އެ ސްޓޭޓްގެ މުސްލިމުންގެ ލީޑަރުން ބުނެއެވެ.
އެފްބީއައިން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ޝަމުސުއްދީނަކީ ބަނގުރާ ބޮއެގެން ކާރު ދުއްވަނިކޮށް ޖުރިމާނާ ކޮށްފައިވާ މީހެކެވެ. އެހެންވެ. ޓެކްސަސްގެ އިސްލާމީ ޖަމުއިއްޔާތަކާއި މިސްކިތްތަކުން ބުނަނީ އެ ސްޓޭޓްގެ އެއްވެސް މިސްކިތެއްގައި ނޫނީ އިސްލާމީ މަރުކަޒެއްގައި ޝަމުސުއްދީން ދަންނަ މީހަކު ނެތް ކަމަށެވެ.
އޭގެ އިތުރުން މީހުން ވަނީ ޝަމުސުއްދީންގެ ޕިކަޕްގައި ނަގާފައި ހުރި އައިސިސްގެ ދިދަ ފައްޖަހާފަ ހުރި ރޫތައް ސާފުކޮށް ފެންނަން ހުރމުން އެއީ ތާޒާ އަދި ކުރިން ބޭނުން ކޮށްފައި ނުވާ ދިދައެއް ކަމަށްވެސް ބުނެފައެވެ.
މި ހާދިސާގެ އެންމެ ހައިރާން ކުރަނިވި ކަމަކީ މިފަދަ އެހެން ހާދިސާތައް ހިނގާއިރު އެމެރިކާއިން ކަން ކުރާ ބީދައިން މިހާދިސާއިންވެސް ޝަމުސުއްދީނުގެ ޕާސްޕޯޓު ފެނިފައި ވުމެވެ. ހީވަނީ އޭނާ އަބަދުވެސް ޖީބަށް ލައިގެން އުޅުނު އެއޗެއް ހެންނެވެ!
މި ހާދިސާ ހިނގިތާ މާގިނަ އިރެއް ނުވެ ޒަޔަނިސްޓުން ހިންގާ ނިއުޔޯކް ޕޯސްޓްގެ ރިޕޯޓަރަކު ވަނީ ޝަމުސުއްދީންގެ އެޕާޓްމެންޓް ކަމަށް ބުނާ ތަނަކަށް ވަދެފައެވެ. އެރިޕޯޓަރަށް އެތަނުން ފެނުނު އެންމެ ނުރައްކާތެރި އެއްޗެއް ކަމަށް ބުނެފައި ވަނީ ޚަތިމެކެވެ.
މީހުން ބުނަނީ ކުއްލިއަކަށް މިފަދަ ހާދިސާތައް މެދުވެރި ވަނީ ކުރިއަށް ލައިގަންނަން އޮތް ބޮޑު ކަމަށް މީހުން ތައްޔާރު ކުރުމުގެ ގޮތުން ބާވައެވެ؟