ކައިރި ކައިރީގައި އެމެރިކާގައި ދެ ހަމަލައެއް ދީފައި ވެއެވެ. އެއްވެ ތިބި ބައެއްގެ ތެރެއަށް ޕިކަޕެއް ވައްދައިގެން އެތައް ބަޔަކު މަރާކުމުގެ އަމަލަކާއި، ލަސް ވޭގަސްގައި ހުންނަ ޓްރަމްޕްގެ ހޮޓަލުގެ ލޮބީއަށް ދިން ހަމަލައެކެވެ.

ނިއު އޯރލީންސްގެ ހަމަލާ ދީފައިވާ މީހާގެ ނަން ހާމަކޮށްފައި ވެއެވެ. އެއީ އައިސިސް ފިކުރުގެ އެމެރިކާ އަށް އުފަންވެ ބޮޑުވެފައިވާ އެމެރިކާ ސިފައިންގެ މީހެއް ކަމަށާއި ނަމަކީ ޝަމުސުއްދީން އަބްދުލް ޖައްބާރު ކަމަށެވެ.

ޓްރަމްޕް ހޮޓަލަށް ދިން ހަމަލައަކީ އުމުރުން 37 ގެ ކުރީގެ ސިފައިންގެ މީހަކު ދިން ހަމަލައެއް ކަމަށް ބުނެފައި ވެއެވެ. މި މީހާގެ ނަން އަދި ހާމަކޮށްފައި ނުވާ ސަބަބު ސާފެއް ނުވެއެވެ.

ހަމަލާގައި ބޭނުން ކޮށްފައި ވަނީ މަސްކުގެ ކުންފުނިން އުފައްދާ 80 ހާސް ޑޮލަރަށް ވިއްކާ ޕިކަޕެކެވެ.

މި ޕިކަޕްގެ ވާހަކަ ދައްކަމުން މަސްކު ބުނެފައިވާ ވާހަކައިން އޭނާގެ ކުންފުނިން އުޅަނދުތަކަށް ޖާސޫސް ކުރާކަންވެސް ހާމަވެއެވެ. މަސްކު ބުނެފައި ވަނީ އުޅަނދުތަކުގެ ބެޓެރިއާއި އޭގެ ސަލާމަތީ ހާލަތު އަބަދުވެސް ކުންފުނިން މޮނީޓާ ކުރާތީވެ މި ޕިކަޕްގެ ހާލަތުވެސް ކުންފުންޏަށް އެނގޭ ކަމަށާއި އެ ޕިކަޕްގައި ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެ ޕިކަޕް ގޮއްވާލާފައި ވަނީ އޭގެ ސީޓު މަތީގައި އެއްޗެއް ބާއްވައިގެން ކަމަށް އޭނާ ބުނެއެވެ. މަސްކުގެ ކުންފުނިން ވިއްކާ އުޅަނދުތައް މަސްކު ބޭނުން ނަމަ ސުއިޗު އޮފް ކޮށް ހުއްޓުވިދާނެ ކަން މީގެ ކުރިން އޭނާ އަޅާފައިޥާ ބައެއް ފިޔަވަޅުތަކުން އެނގިފައި ވެއެވެ.

ޓްރަމްޕް ހުވައި ކުރުމަށް ތައްޔާރުވަމުން ދާއިރު ކުއްލިއަކަށް އެމެރިކާގެ ތެރެ ނާމާން ކޮށްލަނީ ކޮންމެވެސް ބައެއްގެ މަސްލަހަތަށް ތޯ ސުއާލު އުފެދެއެވެ.