ސޫރިޔާގައި ވެރިކަން ކުރާ ޓެރަރިސްޓް ހައިއަތު ތަހުރީރުއްޝާމް ޓެރަރިސްޓް ޖަމާއަތުގެ އިސް މެމްބަރުން މިއަދު ސައޫދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.
މި ވަފްދުގައި ހިމެނެނީ އިއްޔެއާ ހަމައަށް ހަތިޔާރު އަޅައިގެން އުޅުނު އިސް ޓެރަރިސްޓުންނެވެ. އޭގެ ތެރޭގައި އަބޫ މުހައްމަދު އަލްޖައުލާނީގެ ފޮރިން މިނިސްޓަރު އަސަދު އަލްޝައިބާނީއާއި ޑިފެންސް މިނިސްޓަރު މުރުހަފް އަބޫގަސްރާ އަދި ޖާސޫސީ އިދާރާގެ ވެރިޔާ އަނަސް ޚައްތާބު ހިމެނެއެވެ.
މި މީޙުން ސައޫދީއަށް ދަތުރު ކުރަނީ ސައޫދީ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކަމަށް ސޫރިޔާ ނޫސް އެޖެންސީން ބުނެއެވެ.
ސައޫދީ އިސް ވަފްދަކުންވެސް ވަނީ ދިމިޝްޤަށް ވަޑައިގެން ޖައުލާނީއާވެސް ބައްދަލުކޮށްފައެވެ.