ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި މެދު ހިތްހަމަ ނުޖެހިގެން މިނިސްޓްރީ ތެރޭގައި އާއްމުންތަކެއް އިހްތިޖާޖު ކުރަން ފަށައިފި އެވެ.
އިހްތިޖާޖުގެ ބައިވެރިން ގޮވަމުންދަނީ އާމްދަނީ ހޯދުމަށް އެމީހުން ކުރާ މަސައްކަތް ހުއްޓާ ނުލުމަށާއި އެޗްޕީއޭގެ ގަވާއިދުގެ ދަށުން އެމީހުންނަށް ވެސް ފުރުސަތު ދިނުމަށެވެ.
އަދި ޖޫރިމަނާތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ލައިސަންސް ދީފައި ޖޫރިމަނާ ކުރުމަށް ވެސް އިހުތިޖާޖު ކުރަމުންދާ މީހުން ދަނީ ގޮވާލަމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ލަސްވެގެން އާއްމުންގެ ފާޑުކިޔުން ވަނީ އެ މިނިސްޓްރީއަށް އިންތިހާއަށް އަމާޒުވެފަ އެވެ.