މާލޭގެ ބާޒާރުމަތީގައި ހިންގާ ފިހާރަ ތަކެއް ފަޅާލާ ވައްކަން ކޮށްފިއެވެ.

ބާޒާރު މަތީ ފިހާރަތަކެއް ފަޅާލާ ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނޯތު ހާބަރާއި ދަތުރުވެރިންގެ މާރުކޭޓާ ދެމެދުގައި ހުންނަ ފިހާރަ ބަރީގެ ފަސް ފިހާރައެއް ފަޅާލިކަން އެނގުނީ މިއަދު ހެނދުނު އެ ތަންތަން ހުޅުވަން ދިޔައިރުއެވެ.