ފުވައްމުލަކުން ފޭ ފަތިހު މަހަށް ނިކުތް ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ ފަތިހު 04:30 ހާއިރު މަހަށް ނިކުތް ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.

ޑިންގީގައި ތިބި މީހުންގެ އަދަދު އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ޑިންގީ ހޯދުމަށް ހެލިކޮޕްޓަރާއި ކޯސްޓްގާޑް ނުރައްދީން ލޯންޗާއި ސީ އެނބިއުލަންސް ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.