ރާއްޖޭގެ ދެކުނު ސަރަޙައްދުގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އާރުޑީސީ އިން މަޢުލޫމާތު ދެއްވިގޮތުގައި މިވަގުތު މަސައްކަތް ކުރިއަށްދަނީ ލ. ގަން، ގއ. ކޮލަމާފުށި އަދި ގއ. ވިލިނގިލީގައެވެ. މިގޮތުން ލ. ގަމުގައި ފޭސް 2 ގެ ދަށުން ފާލަން މަގުގައި ކޭބަލް ޖަންކްޝަން މަތިގަނޑު އެޅުމުގެ މަސައްކަތާއި އިޖްތިމާޢީ ހިނގުމުގައި ކޭބަލް ހޮޅި އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ގއ. ކޮލަމާފުށީގައި މަސައްކަތް ކުރިއަށްދަނީ އަމީނީ މަގާއި މޫސާކަލޭގެފާނު މަގުގައެވެ. އަމީނީ މަގުގައި ޓްރީފިޓް އަދި ލައިޓް ޕޯސްޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މޫސާކަލޭގެފާނު މަގުގައި ޑީވޯޓަރ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާރުޑީސީން ހާމަކޮށްފައިވެއެވެ.

ގއ. ވިލިނގިލީގައި ފޭސް 2 ގެ ދަށުން މަސައްކަތް ކުރިއަށްދަނީ ކާޑޭގެ މަގާއި މުޙައްމަދުކަލޭގެފާނު މަގުގައެވެ. ކާޑޭގެ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މުޙައްމަދުކަލޭގެފާނު މަގުގައި ޖަންކްޝަން ހުރަސް ހޮޅި އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުން އެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުފަހިވާނެއެވެ.