ކަރާއަކީ ރާއްޖޭގައިވެސް ވަރަށް ކުރީއްސުރެ ހައްދަމުން އަންނަ ރާއްޖޭގެ އާދަކާދަޔާ ގުޅިފައިވާ މޭވާއެކެވެ. މިގޮތުން، ރަމަޟާން މަހަށް ޙާއްސަކޮށް ރާއްޖޭގެ ދަނޑުވެރިން ކަރާ ހެއްދުމަކީ އެމީހުންގެ ދިރިއުޅުމާއި ގުޅިފައިވާކަމެކެވެ. ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅި އަހަރުތެރޭގައި ކަރާހެއްދުމަކީވެސް ދިވެހިން ކުރަމުން އަންނަ މަސައްކަތެކެވެ. މިކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ރާއްޖޭގައި ހައްދާ ކަރަލުގެ ފެންވަރާއި އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް އަދިވެސް ރާއްޖެއަށް ގިނަ އަދަދަކަށް ކަރާ އެތެރެކުރަންޖެހެއެވެ.

މުޑުވައް ހިޔާރުކުރުން:

ރަނގަޅު މުޑުވަކެއް ޚިޔާރުކުރުމަކީ ކަރާ ހެއްދުމަށްއެޅޭ ވަރަށް މުހިއްމު ބިންގަލެކެވެ. މުޑުވަތް ޚިޔާރުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކަކީ:

- ބަލިޖެހުން ދުރު މުޑުވަކަކަށްވުން

- ރާއްޖޭގެ މާހައުލުގައި ފަސޭހައިން ހެއްދޭ މުޑުވަކަކަށްވުން

- މާރކެޓް ލިބޭ ސިފަތަކެއް ހުރުން

- ވިއްކަން ބޭނުންވާ މާކެޓަށް އެކަށީގެންވާ ސައިޒުގެ މުޑުވަކަކަށްވުން

- ކުލަޔާއި ރަހަ ރަނގަޅު މުޑުވަކަކަށްވުން

ބިން ތައްޔާރުކުރުން:

- ދަނޑު ރަނގަޅަށް ސާފުކުރުން

- 2 ފޫޓު 2 ފޫޓު- 1 ފޫޓު ވަޅުގަނޑު ތައްޔާރުކުރުން

- ދެވަޅުދޭތެރޭގައި 8-10 ފޫޓު އަދި ދެބަރިދޭތެރޭގައި 8 ފޫޓު ބެހެއްޓުން

- ކަޅުފަސް އަދި ކާދު އެއްކޮށް ވަޅުގަނޑަށް އެޅުން

- ވަޅުގެވަށައިގެން ދެތިން އިންޗި ބޭރަށް ދޫކުރުމަށްފަހު 10-12 އޮށް އިންދުން

ކާނާ އެޅުން:

- ވަޅު ތައްޔާރުކުރާއިރު 3-5 ކިލޯ ކާދު އެޅުން

- ގަސްފަޅާތާ 3 ދުވަސްވުމުން އެމޯނިއަމްސަލްފޭޓް އަދި ފުރިހަމަ ކާނާ ދިނުން

- 10 ދުވަސްވުމުން ބިމަށް އަޅާ މިކްސް ކާނާ ދިނުން

ފެންދިނުން:

- ކޮންމެ ދުވަހަކު 1 ފަހަރު ވެޔޮގަނޑުގެ ބުޑަށްވާގޮތަށް ފެންދިނުން

- ދެއިރު ފެންދޭނަމަ ހެނދުނު ރަނގަޅަށް އަދި ހަވީރު ކުޑަކޮށް ފެންދިނުން

- ކަރާ ކަނޑަން ކައިރިވުމުން ފެންދިނުން މަދުކުރުން

ކަރާ ކެނޑުން:

- ގިނަ ވައްތަރުތައް 50-60 ދުވަހުން ކަނޑަން ފެށޭނެ

ގެއްލުންދޭ ފަނިފަކުސާ އަދި ބަލިތައް ކޮންޓްރޯލްކުރުން:

- އޭފިޑްސް، ތުރިޕްސް، ބަރަބޯ ދޫނި ފަދަ ސޫފިތަކުން ރައްކާތެރިވުން

- އެންތުރެކްނޯސް، ކަރާ ފީވުން ފަދަ ން ފަދަ ބަލިތަކުން ސަމާލުވުން

- އެކަށީގެންވާ ބަޔޯ އަދި ކެމިކަލް ޕެސްޓިސައިޑްތައް ބޭނުންކުރުން

ކަރާ ހެއްދުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ މަސައްކަތެކެވެ. ރަނގަޅު ގޮތުގައި ކަރާ ހައްދައިފިނަމަ، ރާއްޖޭގެ ކަރާގެ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުން އެތެރެކުރާ ކަރާގެ އަދަދު މަދުކުރެވިދާނެއެވެ. މީގެ އިތުރުން، ދަނޑުވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބި، ޤައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދާނެއެވެ.