ޖޯޑަންގެ ޢަބްދުﷲ ރަސްގެފާނުގެ ރަނިޔާ ރަނިކަމަނާ ވެޓިކަންގައި ބާއްވާފައި އޮތް ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންފިއެވެ.
މިސްމީޑިއާގައި މީހުން ޝައުޤުވެރިވީ އެކަމަނާގެ ހެދުންކޮޅާއި އަތް ދަބަހަށެވެ. ހެދުންކޮޅު ޑިޒައިން ކޮށްފައި ވަނީ މަޝްހޫރު ފެޝަން ޑިޒައިން ހައުސް، އޮސްކާރ ޑެ ލަ ރެންޓަ އިންނެވެ. އަތްދަބަސްކޮޅަކީ ޑޯލްޗީ ގައްބާނާގެ ސިސިލީ މިނީ ބޭގް ޑިޒައިނެކެވެ. އަދި ބޫޓުކޮޅަކީ، ކްރިސްޓިއަން ޑިއޯރގެ ވަޔަރޑް ޕޮއިންޓެޑް ޓޯ ޕަމްޕްސް އެކެވެ.