އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށްގެންދާ އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިންގ ޕްރޮގްރާމްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެއްޖެއެވެ.
ޖަނަވަރީ މަހުގެ 5 އިން 16 އަށް ތާވަލުކޮށްފައިވާ މި ޓްރެއިނިންގ ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާހެން އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތިން މުވައްޒަފުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީން ދެ މުވައްޒަފަކު ބައިވެރިވެއެވެ.
އެމްއެންޑީއެފުން ބުނީ އެފަރާތުގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ގާބިލްކަން އިތުރަށް ފުޅާކުރުމަށް ފަހިކޮށްދޭ މި ޓްރެއިނިންގ ޕްރޮގްރާމަކީ ޔޫކޭ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއަރޒް، އަދި ދިވެހިރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމެއް ކަމަށެވެ.
މި ޓްރެއިނިންގ ޕްރޮގްރާމުގައި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ލެވެލް 1, 2, 3 އާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް 100، 200، 300 އާއި، އޭރިއަލް ސަރވައިލަންސްއާއި، ޝޯރލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނީކުގެ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފުރާވަރަށް އަރާ އަންހެނއކުދިން ހުދު ޓީސާޓު ލައްވާފަ ތެއްމައިގެން ނުނެރެ ތިއަމީހުނަށް ތިއަކަންތައް ވިބާ