އުއްމީދަކީ ކުރިއަށް އޮތް މަސްދުވަސް ތެރޭގައި ފާލަމުގެ މަސައްކަތްތައް އެއްކޮށް ނިންމާލައި އާންމުންނަށް ހުޅުވާޅުން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބް ވިދާލުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިިދާޅުވީ މިއަދު އިއްޒުއްދީން ފާލަމަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި މިނިސްުގައި މިނިސްޓަރ ޑރ. މުއްޠަލިބްގެ އިތުރުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ، ސްޓޭޓް މިނިސްޓަރ އިބްރާހީމް ތާޢާމް މުޙައްމަދު، އަދި އެމްޓީސީސީގެ ޓެކްނިކަލް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި މަޝްރޫޢުގެ އެންމެ ފަހުގެ ކުރިއެރުންތައް ވަނީ މުރާޖަޢާ ކުރެވިފައެވެ.

އެމްޓީސީސީއިން މަޢުލޫމާތު ދެއްވިގޮތުގައި މިހާރު ޖުމްލަކޮށް ޖެޓީގެ އޯވަހެޑް ސްޓްރަކްޗާރ ނިންމާލެވި، މިވަގުތު ކުރެވެމުންދަނީ ފުރާޅުގެ މަސައްކަތްތަކެވެ.

މިނިސްޓަރ ޑރ. މުއްތަލިބް ފާހަގަކުރެއްވި ގޮތުގައި މި ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ޖެޓީ ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ޖެޓީގެ ދަގަނޑުތައް ހުރީ ދަބަރު ޖަހައި ވަރަށް ބޮޑަށް ބާވެފައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް މަސްދުވަސް ތެރޭގައި ފާލަމުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވި އާންމުންނަށް ހުޅުވާލެވުން" ކަމަށެވެ.

އިއްޒުއްދީން ފާލަން މިފަހަރު ފަރުމާކުރެވިފައިވަނީ 1950 ގައި އެ ފާލަން ހުރި ގޮތް ނަމޫނާއެއް ކަމަށް ބަލައިގެންނެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެންމެ ތާރީޚީ ފާލަންތަކުގެ ތެރެއިން އެއް ފާލަން އަލުން ދިރުވައިލެވި، އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ވެގެންދާނެއެވެ.