ރައީސުލްޖުމްހޫރިއްޔާ ހުވަދޫ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ގއ. ހޯޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފިއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވާ ގޮތުގެ ސަބަބުން ގިނަ ކަންކަމަށް ހުރަސްއެޅުނު ނަމަވެސް، މި އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވަނީ ވެފައިވާ ވަޢުދުތައް ފުއްދައިދެވޭނެ ގޮތަށް ކަމަށެވެ. މިގޮތުން ގުދުރަތީގޮތުން ރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށްވާ ރަށްގިރުމުގެ މައްސަލައާއި އުދަ އެރުމުގެ މައްސަލައަށް މި އައު އަހަރުގެ ބަޖެޓު ތެރެއިން ދާއިމީ ހައްލެއް ގެނެސްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ މިއަހަރު އަލަށް ފެށޭ މަޝްރޫޢުތަކުގެ ތެރޭގައި މަގުހެދުމުގެ މަޝްރޫޢުތައް ހިމެނިފައިވާ ކަމަށެވެ. ނަމަވެސް، އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށާއި ތަޢުލީމީ ދާއިރާގެ މައްސަލަތަކަށް ކަމަށް ރައީސް ހާމަކުރެއްވިއެވެ.

ރައީސްގެ މި ވާހަކަފުޅުން ހޯޑެއްދޫ ރައްޔިތުންނަށް އުއްމީދީ މެސެޖެއް ލިބިގެންދިޔަ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ރަށްގިރުމާއި އުދައެރުމުގެ މައްސަލައަކީ އެރަށުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ކުރިމަތިލަމުން އައި ބޮޑު މައްސަލައެކެވެ.