އެމެރިކާގެ ހުރިހައި މުއްސަނދިން ވަނީ ޓްރަމްޕް ނުލަފާކަން ދައްކަފާނެތީ ބިރުން ޓްރަމްޕްމްގެ ފޮލޮރިޑާ ރިސޯޓު ވަށައިގެން ތޮވާފު ކޮށްފައެވެ. ޓްރަމްޕްގެ ކެމެޕޭނަށް މި ވެރިން ފައިސާ ނުދިން މައްސަލައަށް ތައުބާއެއްގެ ގޮތުން، ކޮންމެ ސާދާގަރަކުވެސް ވަނީ ކުރިމަގުގައި ޓްރަމްޕަށް ޗަންދާ ދޭނެ ގޮތް ހާމަކޮށްފައެވެ.
އެޕަލްގެ ސީއީއޯ ޓިމް ކޫކް ވަނީ މުންތަޚަބް ރައީސް ޓްރަމްޕްގެ އިފްތިތާހީ ކޮމިޓީއަށް އަމިއްލަ ހައިސިއްޔަތުން އެއް މިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަމަށް ބުނެފައެވެ.
އެޕަލް އިން އެކަން ރަސްމީކޮށް ކަށަވަރުކޮށް ނުދިނުމަކީ ޔަގީން ކަމެކެވެ. ޓިމް ކުކްގެ މި ޗަންދާއަކީ ޓްރަމްޕްގެ ސިޔާސަތާ އެއްބައިވަންތަކަން ހާމަކޮށްދީ އާ ރައީސްގެ ރަސްމީ އިންތިގާލީ ޓީމުގެ ކަންކަން ހަމަޖެއްސުމަށް އެހީވެދޭ ޗަންދާއެއް ކަމަށް އެކްސިއޮސްއިން ބުނެއެވެ.
އެއަށް އެމެރިކާ ބަހުރުވައިން ރިޝްވަތެކޭ ނުކިޔާނެއެވެ.
ޓްރަމްޕަކީ އުސޫލެއްގައި ހުންނަވާ ބޭފުޅެކެވެ. ފުރަތަމަ ދައުރުގައި އޭނާ ވައުދުވެ ވަޑައިގަތީ ރަނގަޅު ޗަންދާއަކަށް ޔާފާއިން އެމެރިކާ އެމްބަސީ ޤުދުސްއަށް ބަދަލު ކުރެއްވުމަށެވެ. ހިތްހަމަ ޖެހޭ ވަރުގެ (ބޮޑު) ޗަންދާއަކާއެކު އެކަން އޭނާ ކޮށް ދެއްކެވިއެވެ.