ދުނިޔޭގެ ކުރިއެރުމަށް އިންޑިއާއިން ކޮށްދީފައިވާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ރައީސް ކްރިސްޓީން ކެންގަލޫ އިންޑިއާގެ ތާރީޚީ ދައުރާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފިއެވެ. އޮޑީޝާގައި އޮތް ބޭރުގައި ދިރިއުޅޭ އިންޑިއާ މީހުންގެ 18 ވަނަ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދޅުވީ، ގަދީމީ ޔުނިވާސިޓީ އުފެއްދުމާއި، ވިޔަ އަދަދުތައް އުފެއްދުމާއި، އަލްޖަބްރާ، ޓްރިގޮނޮމެޓްރީގެ ދާއިރާއިން އިހު އިންޑިއާއިން ހޯދި ކާމިޔާބީއަކީ ދުނިޔެ ބަދަލު ކޮށްލި ޚިޔާލުތަކެއް ކަމަށެވެ.

ކެންގަލޫ ވިދާޅުވީ، ދުނިޔޭގެ ތަރައްގީއަށް އިންޑިއާގެ ޙިއްޞާތަކަކީ ފާހަގަކޮށްލެވޭ ޙިއްޞާތަކެއް ކަމަށެވެ. ދުނިޔޭގެ ފުރަތަމަ ޔުނިވާސިޓީ އިންޑިއާގައި އުފެދުނީ މީލާދީން 700 ވަނަ އަހަރުގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. "މީގެ ހަހާސް އަހަރު ކުރިން އަލްޖީބްރާ، ޓްރިގޮނޮމެޓްރީ އަދި ކެލްކިއުލަސް އެންމެ ފުރަތަމަ އުފެއްދީ އިންޑިއާގަ" އޭނާ ވިދާޅުވިއެވެ.

"އިންޑިއާއަކީ ޙަޟާރަތުގައި ސުމެއް ރަމްޒެއްގެ ގޮތުގައި ބޭނުންކުރި ފުރަތަމަ ޤައުމު އަދި ހިސާބު އޮޕަރޭޝަންތަކުގައި ބޭނުންކުރި ޤައުމު" ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން އިންޑިއާގެ ތާރީޚީ އުފެއްދުމަށް އަލިއަޅުވާލައްވަމުން، ރާޒުވާ އުފެދުނީ އިރުމަތީ އިންޑިއާ އިން ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ޑެސިމަލް ނިޒާމަކީ އިންޑިއާގައި ތަރައްގީކޮށްފައިވާ ނިޒާމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

1962 ވަނަ އަހަރު އިނގިރޭސިވިލާތުން މިނިވަންވުމާ ގުޅިގެން ޓްރިނިޑާޑް އެންޑް ޓޮބެގޯއާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.

އިންޑިއާއާއި ޓްރިނިޑާޑާ ދެމެދު ގުޅުން އުފެދުނީ އިނގިރޭސި އިސްތިއުމާރުން 1845 ވަނަ އަހަރު އިންޑިއާގެ 225 މީހުން ގޮވައިގެން ދިޔަ ފުރަތަމަ ބޯޓު ޓްރިނިޑާޑަށް ދިއުމުންނެވެ. އަދި މިދިޔަ، 72 އަހަރު ތެރޭގައި އިންޑިއާގެ ދޮޅު ލައްކަ މީހުން ޓްރިނިޑާޑަށް ގޮސް އާބާދުވެފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.