އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހުވައި ކުރައްވާ ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލު ކުރައްވާނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖަޔަޝަންކަރެވެ. ޓްރަމްޕް ހުވައި ކުރެއްވުން އޮންނާނީ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.

ވޮޝިންޓަންއަށް ކުރައްވާ ދަތުރުފުޅުގައި ޓްރަމްޕްގެ ވެރިކަމުގެ އިސްކޮށް ތިއްބަވާނެ މަންދޫބުންނާ ވެސް ޖައިޝަންކަރު ބައްދަލު ކުރައްވާނެ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން މިއަދު ބުންޏެވެ.