ދެކުނު ކޮރެއާގެ ރައީސް ސަސްޕެންޑުކޮށްފައި ވިއަސް، ރައީސް ޔޫން ސުކް ޔެއޯލް އަށް މިއަހަރު ތެރޭގައި ގާތްގަނޑަކަށް 262.5 މިލިއަން ވޮން (178،071 ޑޮލަރު) ގެ އަހަރީ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3 ޕަސެންޓް އިތުރު އަދަދެކެވެ.
މިނިސްޓްރީ އޮފް ޕާސަނަލް މެނޭޖްމަންޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮރެއާގެ ޕަބްލިކް އޮފިޝަލުންގެ މުސާރަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ތިން ޕަސެންޓަށް އިތުރު ކޮށްފައެވެ.
ޔޫން މަގާމުން ސަސްޕެންޑް ކުރި ނަމަވެސް ކޯޓުން ޙުކުމް ކުރަންދެން، ރައީސްގެ މަގާމުގައި ހުންނަވައިގެން ވެސް ޔޫން އަށް މުސާރަ ލިބިވަޑައި ގަންނަވާނެއެވެ.
މާނައަކީ ޓެކްސްއަށް ނުކަނޑައި އޭނާއަށް މަހަކު 21.8 މިލިއަން ވޮން ލިބިވަޑައި ގަންނަވާނެ އެވެ.
ހަމައެފަދައިން ޕާލަމެންޓުން މަގާމުން ދުރުކުރުމަށްފަހު ވަޒީފާގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށްފައިވާ ބޮޑުވަޒީރު ހާން ޑަކްސޫއަށްވެސް އަހަރަކު 235.5 މިލިއަން ވޮންގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ.